މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަން "މޫސުން" ތަޢާރަފުކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ތައާރަފްކުރި މި އެޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ޙާލަތު ވަގުތުން ވަގުތަށް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް ތައާރަފުކުރި އެޕެކެވެ. "މޫސުން" ޕް މެދުވެރިކޮށް، ތިމާ ދިރިއުޅޭ ނުވަތަ ދަތުރުކުރަން ގަސްތުކުރާ ވަކިވަކި ރަށްރަށުގެ މޫސުން ލަފާކުރާ ގޮތާއި، ވަގުތުން ވަގުތަށް މޫސުމީ ބަދަލުތަކުގެ ފަހުގެ މައުލޫމާތު ވަގުތުން ބަލައިލެވެއެވެ.
އަދި މީގެއިތުރަށް މެޓް އޮފީހުން ރަސްމީކޮށް ނެރޭ އެލާޓްތަކާއި އިންޒާރުތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެގޮތަށް ވަނީ ފަރުމާކޮށްފައެވެ.
މި އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.