ރާއްޖޭގެ އުތުރާއި މެދުގައި ވައި ނުސާފުވެއްޖެ ކަމަށް މޫސުމާއިބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނީ، ދުންފުހުގެ ސަބަބުން މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާ ކަމަށެވެ.
އެގޮތުން ހަމަލޮލަށް ސާފުކޮށް ފެންނަ ދުރުމިން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިހާލަތުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށްއޮތް 5 ދުވަހުވެސް ވައިނުސާފުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.









ކޮމެންޓްތައް
އަދި އެއްވެސް ކޮމެންޓެއް ނެތް.